ޚަބަރު
ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަންއާ ހަވާލުކޮށްފި
އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ތައިލެންޑާއި ދުބާއީ އަށް ފުޅާކުރަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނާއެކު މިއަދު ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. މި އެެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މާޗު 1، 2024 ގަ އެވެ. މިހާތަނަށް ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން ވަނީ ފަރުވާ އަށް މާލެ ގެނެސްފަ އެވެ.

މި ވަގުތު އެއާ އެމްބިއުލާންސްގައި ދަތުރުކުރަނީ މާލެ އަށް އެކަންޏެވެ. އެކަމަކު، ސްރީ ލަންކާ އަށް އެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވީ ނަމަވެސް އަދި ސޮއެއް ނުކުރެ އެވެ.

ރާއްޖޭން ބޭރުން ބޭސް ފަރުވާގެ ހިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވައްޓެރި އިންޑިއާއިން ނަމަވެސް އެ ޚިދުމަތް ތައިލޭންޑާއި ދުބާއީއަށް ފުޅާ ކުރައްވާނެކަމަށް ވެރިކަމުގެ ވަރަށް ކުރީކޮޅު ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ. އެ ހިދުމަތް ކޮންމެ ވެސް ވަރަކަށް ދެމުން އައި ނަމަވެސް އަދި އެހާ ފުޅާކޮށް އެ ހިދުމަތް ދޭކަށް ނުފަށައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު