ޚަބަރު
ރިސޯޓު ހަދަން 13 ފަޅެއް ބީލަމަށް ހުޅުވާލައިފި، ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ނެތް!
އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ. ނަމަވެސް ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދު ހިމެނިފަ އެއް ނުވެ އެވެ.

މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ، ހދ. ށ. އަދި ލ. އަތޮޅުންނެވެ. އެގޮތުން ބީލަމަށް ލީ ރަށްރަށާއި ފަޅުތަކަކީ:

  • ހއ. މާދުނި ފަރު 1 - 200 ހެކްޓަރު

  • ހއ. މާދުނި ފަރު 2 - 200 ހެކްޓަރު

  • ހއ. މާދުނި ފަރު 3 - 200 ހެކްޓަރު

  • ހއ. ކެލާ ފަޅު 1 - 156.2 ހެކްޓަރު

  • ހއ. ކެލާ ފަޅު 2 - 169.3 ހެކްޓަރު

  • ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު

  • ހދ. މަކުނުދޫ ފަރު 2 - 200 ހެކްޓަރު

  • ހދ. މާފަރު ފަރު 1 - 200 ހެކްޓަރު

  • ހދ. މާފަރު ފަރު 2 - 200 ހެކްޓަރު

  • ހދ. މާފަރު ފަރު 3 - 200 ހެކްޓަރު

  • ށ. ގޮނާ ފަރު 1 - 200 ހެކްޓަރު

  • ށ. ގޮނާ ފަރު 2 - 200 ހެކްޓަރު

  • ށ. ގޮނާ ފަރު 3 - 200 ހެކްޓަރު

އޭގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުން އިއުލާންކުރި ފަސް ތަނަކީ:

  • ހއ. ބީނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު) 

  • ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު

  •  ށ. ފުރިފަރު - 4.34 ހެކްޓަރު

  • ލ. ފޮނަގާދޫ - 8.18 ހެކްޓަރު


އިހަވަންދިއްޕޮޅުގައި ގިނަ ފަޅުރަށްތަކެއް ހުރި އިރު އެއިން ރަށެއްގައި ޓޫރިޒަމް މަޝްރޫއެއް ކުރިއަށް ނުދާތީ އެ ދާއިރާތަކުގެ ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. އުތުރަށް ކާމިޔާބު ޓޫރިޒަމެއް ގެންދިއުމަކީ އުތުރު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެކަމަކު އެ ހުވަފެން އަދިވެސް ހަގީގަތަކަށް ނުވެ އެވެ. ވާނެ ގޮތެއް އަދި ނުވެސް ފެނެ އެވެ! ރައްޔިތުން ތިބީ އެކަމަކު "ހުވަފެނެއްގައި" އެވެ.



ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ އަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ އަޑު މިހާރު ވަނީ ވަރަށް މަޑުވެފަ އެވެ. 

އިހަވަންދިއްޕޮޅު ނޫނީ އައިހެވަން އަކީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. އެ ގޮތުން އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި، ރިސޯޓުތަކާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ.

އުތުރުގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަން ތަރައްގީވެފައި ނެތުމަކީ، އެ ސަރަޙައްދުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އެސަރަޙައްދަށް ފަތުރުވެރިކަން އަންނާނެކަމަށް ހއ، ހދ އަދި ށ. އަތޮޅުގެ ރައްޔިތުން އުއްމީދުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު