
މި އެޑް އޮން އެކްޓިވޭޓު ކޮށްގެން އެއް ހަފްތާ ވަންދެން ލަންކާއަށް ހިލޭ ގުޅޭނެ އެވެ. އެޑް-އޮން އެކްޓިވޭޓު ކުރެވޭނީ މާދަމާގެ ނިޔަލަށް #225* އަށް ޑައިލް ކޮށްގެންނެވެ.ދިރާގުން ބުނިގޮތުގައި އެ އެޑްއޮން އެކްޓިވޭޓް ކުރުމުން ކޮންމެ ދުވަހަކު 30 މިނެޓަށް ހިލޭ ގުޅޭނެ އެވެ. މި އެޑް-އޮން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަަށް ދިރާގުން ވަނީ ބުނެފަ އެވެ.މިދިޔަ ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވެފައެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ މަގުތަކަށް ހުރަސްއެޅި، ގެދޮރަށް ގެއްލުންވެފައިވާއިރު، މޫސުމާބެހޭ އިދާރާތަކުން ވަނީ ގިނަ އަދަދެއްގެ މޫސުމީ އިންޒާރުތައް ނެރެފައެވެ.