
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން އެދުވަހު ކުރެއްވި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް އަޅަނީ ބަންކަރިން ހިދުމަތާ އެކު އެވެ. އެ ބަނދަރު އެޅުމަށް ފަހު ގާދޫ އާއި ފޮނަދުއާ ދެމެދު ރިސޯޓެއް އަޅަން ވެސް ޑރ މުއިއްޒު ވަނީ ކެމްޕެއިން ތެރޭގައި ވައުދުވެފަ އެވެ.