މުނިފޫހިފިލުވުން
އަސަރުގަދަ ލޯބީގެ ފިލްމު "މަޖުނޫން" ހޯރަފުށީ ސިނަމާއަށް!
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އަސަރުގަދަ ލޯބީގެ ފިލްމު "މަޖުނޫން" މި މަހުގެ 5 އަދި 6 ވަނަ ދުވަހު ހއ. ހޯރަފުށީގައި ދައްކަން ތައްޔާރުވެއްޖެ އެވެ.

ކުޅަދާނަ ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފެއްދި އާ ފިލްމު މަޖުނޫންގެ ލީޑު ރޯލުން ފެންނާނީ، އަހްމަދު ޝާރިފްގެ އިތުރުން މަރިޔަމް ޝިފާ އެވެ. އިތުރު ރޯލުތަކުން ވާޝިޔާ މުހައްމަދާއި އަޙުމަދު އީސަ (އާނަންދު)އާއި ސާމީ ހުސައިންއާއި މުހައްމަދު މަނިކުއާއި ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީ ފެންނާނެ އެވެ. 

އެ ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ވަނީ، އެހެން އެއްވެސް ފިލްމަކާ ދޭތެރޭ ނެތް ވަރުގެ ޔަގީންކަމެއް "މަޖުނޫނަށް" އޮތް ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި، އޭނާގެ އެހެން ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދާނެ ފިލްމަކަށް މި ފިލްމު ވެދާނެހެން ހީވާ ކަމަށް ބުނެ ނަހުލާ ވަނީ، ފިލްމު އުފެއްދުމުގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. 

ލޯބީގެ އުފާވެރި ކަންކަމުގެ އިތުރުން، ވަކިވުމުގެ ވޭނާއި، ހިތްދަތިކަން މި ފިލްމުގެ ކޮންމެ މަންޒަރަކުންވެސް ސިފަވެގެންދެ އެވެ. ފިލްމުގެ ކޮންމެ މަންޒަރަކުންވެސް ބެލުންތެރިންގެ ގައިން ހީބިހި ނަގުވައިލާ ފަދަ ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، މިއީ އަސަރުގަދަ ދިވެހި ފިލްމަކަށް އިންތިޒާރުކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.

ޖަޒުބާތީ މަންޒަރުތަކާއި ފުން ލޯބި ފެންނަ ފިލްމަށް ބަލާލުމުން ފެނިގެންދަނީ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި އަދި އެހާމެ ވަރުގަދަ ޖަޒުބާތީ މަންޒަރު ތަކެކެވެ.

ޓިކެޓު ގަތުމަށް: 7635740

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު