ޚަބަރު
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލު ކުރަނީ
ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ފުލުހުންނަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެގޮތަށް އަމަލުކުރަން އެންގެވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާއި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ދާތީ ކަމަށެވެ.

އަދި، އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އެފަދަ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަން ޖެހޭ ނަމަ މިރެއިން ފެށިގެން އެފަދަ ފިޔަވަޅުތައް އަޅަން ވެސް ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް އަންގަވާފައި ވާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު