ޚަބަރު
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރި ބައި ހުޅުވައިފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރު ކުރި ބައި ހުޅުވައި، ޓާމިނަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އިމާރާތުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.

މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީއިންނެވެ.

އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްއިން ބުނީ އަލަށް އިތުރުކުރި ސަރަހައްދާއެކު މާފަރު އެއާޕޯޓުގައި މިހާރު އެއްފަހަރާ 35 ފްލައިޓް ޕާކް ކުރެވޭނެ ކަމަށެވެ.

މި މަޝްރޫއު ނިންމައި، ބޮޑު ކުރި ސަރަހައްދު މިއަދު ހުޅުވިއިރު، އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ގޮތުން، އިތުރު އިމާރާތެއް އެޅުމުގެ މަޝްރޫއު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި އެ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ.

ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ތަރައްގީކުރާ މި އިމާރާތުގައި 12،000 އަކަފޫޓު ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު