
މަނީ ލޯންޑަރިންއާ ދެކޮޅަށް ހަރަކާތްތެރިވާ މި ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ ވީ ޖުލައި 2008، ގަ އެވެ. އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، މެލޭޝިއާ، ވިއެޓްނާމް، ޖަޕާން އަދި ކެނެޑާ ހިމެނެ އެވެ.މިދިޔަ އޮކްޓޫބަރުގައި އާންމުކުރި އެ ރިޕޯޓުން ދައްކާ މަންޒަރަކީ މިފަދަ ކަންކަން ހުއްޓުވަން ރާއްޖޭގައި ގާނޫނުތަކެއް ހަދާފައި ހުރި ނަމަވެސް، އެ ގާނޫނުތައް ތަންފީޒު ނުކުރެވި، ކަޅު ފައިސާ ދައުރުވާން ދޫކޮށްލެވިފައި ހުންނަ ކަމެވެ.ރިޝްވަތާއި ހިޔާނާތަށް ބަލާއިރު، މީޑިއާ ރިޕޯޓުތަކާ ހަވާލާދީ އޭޕީޖީއިން ބުނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނާޔާތް އާންމުވެފައިވާ ކަމަށެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ 2020 ރިޕޯޓަކާ ހަވާލާދީ، ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދުތަކުގައި ހުރި ހުސް ޖާގަތަކުގެ ސަބަބުން ހިޔާނާތުގެ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭޕީޖީއިން ބުނެ އެވެ.މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ 2023ގެ އަހަރީ ރިޕޯޓާ ހަވާލާދީ އޭޕީޖީއިން ބުނީ ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސް (ޕީއީޕީ)އިން ހިނާޔާތުގެ އަމަލުތަކުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.އެފަދަ މީހުން ހިޔާނާތާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މެދުވެރިއެއްގެ ގޮތުގައި އާއިލީ ގުޅުން އޮންނަ މީހުންނާއި ތިން ވަނަ ފަރާތްތަކުގެ ބޭނުން ވެސް ކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ.މިކަންކަން ހުއްޓުވަން އޭޕީޖީއިން ދޭ ލަފަޔަކީ، ނުރަސްމީ ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ މާލީ ނެޓްވޯކުތައް ހުއްޓުވަންވީ އެވެ. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސްއަކީ ގާނޫނުން ފިޔަވަޅު ނޭޅޭ ބަޔަކަށް ނުހަދަންވީ އެވެ.