
ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ކުކުޅު ފައިގެ 10 ކޭހަކަށް، އެއް ކޭސް ހިލޭ ލިބޭނެ ކަަމަށެވެ.ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވަ އެވެ.ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.