
ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކަސްޓަމަރުން ގަންނަ ސްލައިސް ޗީޒްގެ ކޮންމެ 10 ކޭހަކަށް، ހިލޭ އެއް ކޭސް ލިބޭނެ ކަމަށެވެ.ކުކުޅު ފިހާރަ އިން ސްލައިސް ޗީޒްގެ ތިން ސައިޒެއް ލިބެން ހުރެއެވެ. އެއީ 100 ގްރާމް، 200 ގްރާމް، އަދި އެއް ކިލޯގެ ސްލައިސް ޗީޒް ކޭހެވެ.މި ޕްރޮމޯޝަންގެ ދަށުން ތިން ސައިޒެއްގެ ކޭސް މިކްސްކޮށް ގަތް ކަމުގައި ވިޔަސް، އެއް ކޭސް ހިލޭ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވަ އެވެ. އެގޮތުން މިފަހުން ވަނީ ހިލޭ ކުކުޅު ފައި ކޭހެއް" ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.