ޚަބަރު
ނިމާލް މިހާރު އައިޖީއެމްއެޗްގައި؛ ހާލު ސީރިއަސް
ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް، އައިޖީއެމްއެޗަށް މިއަދު ބަދަލުކޮށްފި އެވެ.

ރޭ އޭނާއަށް ސްޓްރޯކެއް ޖެހިގެން ގެންދިޔައީ އޭޑީކޭގަ އެވެ. ހާލު ސީރިއަސްވެ، އެ ތަނުގައި ފަރުވާ ދިނީ އައިސީޔޫގަ އެވެ.

އެނގިފައިވާ ގޮތުގައި ނިމާލަށް ސްޓްރޯކް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. އޭރު އޭނާ ހުރީ، އޭޑީކޭ ވެސް ހުންނަ ސޯސަން މަގުގަ އެވެ. ރޭ ވަގުތުން އޭޑީކޭއަށް ގެންދިޔައީ އެހެންވެގެނެވެ. އޭރު މަގުމަތީ ހުރި މީހަކާއި ފުލުހެއްގެ އެހީއާ އެކީގަ އެވެ.

މިއަދުގެ ވަގުތެއްގައި އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ އާއިލާއިން ބޭނުންވެގެނެވެ. އައިޖީއެމްއެޗްގައި ވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ލޯބިވެވިއްޖެ ފިލްމުގައެވެ.

ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު