
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.މިއަދު ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލް އިން ވަނީ ދިއްދޫއަށް ވަނީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރެވޭ ކެޕޭސިޓީ ހުރި ޑްރެޖަރެއް ގެންގޮސްފަ އެވެ.ދިއްދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތުގެ މަޝްރޫއުގެ ދަށުން 102.73 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.އެމްއޭސީއެލް އިން އުއްމީދު ކުރަނީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.ދިއްދޫ ބިން ހިއްކަން ފެށުމުގެ އުފަލުގައި އެ ރަށުގައި މިރޭ ހަވާ އަރުވަން ވަނީ ހަމަޖެހިފައެވެ.