
ޒަކާތު ގާނޫނުގެ ދަށުން ހުޅުވާލީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން ކައުންސިލް މެންބަރަކަށް ކުރިމަތިލުމަށެވެ.ޒަކާތު ކައުންސިލުގެ މެންބަރަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 15، ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.އެގޮތުން އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 ގެ ނިޔަލަށް ރައީސް އޮފީހުން ފޯމު ބަަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.