ޚަބަރު
ލަންކާ ހޮސްޕިޓަލްސް އިން އާސަންދަ ކަނޑާލައިފި
ލަންކާ ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފުލާއެއްގައި އެ ހޮސްޕިޓަލުގެ އިސްވެރިންތަކެއް
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ހުންނަ ލަންކާ ހޮސްޕިޓަލާއެކު އާސަންދަ ކުންފުނިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު ވެސް އެއްބަސްވުން އާ ނުކުރެވުމުގެ ސަބަބުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލްގެ ބިލުތަކަށް އާސަންދައިން ދޭންޖެހޭ ވަރަށް ބޮޑު އަދަދެއް އޮތީ ނުދައްކައެވެ. އެގޮތުން 70 މިލިއަނެއްހާ ރުޕީސް، އެ ހޮސްޕިޓަލަށް ނުދައްކާ އޮތްކަން ވަނީ އެނގިފަ އެވެ.

އެއާއެކު އާސަންދައާއި ލަންކާ ހޮސްޕިޓަލާ ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ދެކޮޅުން ވާހަކަ ދައްކައިގެން ވެސް އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. އެއާއެކު ލަންކާ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ކަނޑާލައިފަ އެވެ.

ގާތްގަނޑަކަށް 1،800 އެއްހާ ދިވެހީން ދިރިއުޅޭ ލަންކާއިން އާސަންދައިގެ ޚިދުމަތް ދެމުންދަނީ ލަންކާ ހޮސްޕިޓަލާއި، ލަންކާ ޑާޑަންސް ހޮސްޕިޓަލުގެ އިތުރުން ނަވަލޯކާ ހޮސްޕިޓަލުންނެވެ.

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލިއިރު, އެ ގައުމަކީ "މެރަނާ"ގެ ދަށުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ބޭސްފަރުވާއަށް އާސަންދަ ދޭ ގައުމެކެވެ. ލަންކާ ހޮސްޕިޓަލަކީ ފަރުވާގެ ގޮތުން އެ ގައުމުގައި އެންމެ މަޝްހޫރު އެއް ހޮސްޕިޓަލެވެ.

ލަންކާ ހޮސްޕިޓަލްސްއާ އެކު އެ ގައުމުގެ 8 ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު