
ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ މަނިޕާލް ހޮސްޕިޓަލްސްއަށް އާސަންދަ ހިދުމަތް މެދުކަނޑާލީ ހިދުމަތުގެ އަގު މާ ބޮޑު ކަމަށް ބުނެ، ޖުލައި 2024 ގައެވެ.އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ މިއަދު މީޑިއާތަކަށް ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ދަތުރުކުރާ ގައުމެއް ކަމަށްވާއިރު، އެ ގައުމުގައި އުޅޭ ދިވެހީން ވެސް މަދެއް ނޫނެވެ. އަދި، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ދިވެހީންނަށް އެންމެ ގިނައިން ޚިދުމަތް ލިބެނީ އިންޑިއާގެ ހޮސްޕިޓަލްތަކުންނެވެ.