ޚަބަރު
ކޯޗަކު ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗެއް، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ.


އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏަސް މައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު