ޚަބަރު
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމު އަވަހާރަވެއްޖެ
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސެއިން. - ފޮޓޯ: އެމްއޭސީއެލް
ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ, މުޙައްމަދު ނައީމު ހުސައިން އަވަހާރަވެއްޖެ އެވެ.

އުމުރުން 74 އަހަރުގައި ނައީމް އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު މާލޭގަ އެވެ. އޭނާގެ ޖަނާޒާ ބޭއްވީ އިއްޔެ ހުޅުމާލެ ސަހަރާގަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ނައީމް އަވަހާރަވި ހަބަރާ އެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. 

ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގަ އެވެ.  ރަސްމީ މަސައްކަތުން ނައީމު, ރިޓަޔާ ކުރެއްވިތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި, މީގެ 59 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ މަގާމު ފުރުއްވި ނައީމު, އޭރު އެ ބޮޑު ޒިންމާ އަދާ ކުރައްވަމުން ގެންދެވީ ޓަވަރެއް ވެސް, އަދި ޒަމާނީ މާ ބޮޑު ވަސީލަތްތަކެއް ވެސް ނެތިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު