ހދ. ކުޅުދުއްފުށިން މިއަދު ކުއްލިއަކަށް ނިޔާވި، ޝަޒްފާ އަބްދުﷲ އިންރާހިމް.--
ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑު 10 ގައި ކިޔަވަމުން އައި ކުޅުދުއްފުށި، ލަތީފީމަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް ނިޔާވެފައި އޮތްކަން އެނގުނީ ރޭ ފަތިހު ނުހޭލުމުން ގޮސް ބެލުމުން ކަަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޝަޒްފާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު، ކުޅުދުއްފުށީ މަސްޖިދުލް ހަލާރާތުގައެވެ.އެނގިފައިވާ ގޮތުގައި ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ.