ޚަބަރު
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
ޑޮލަރު ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އިސްމާއީލް ސިރުހާން. ފޮޓޯ: ފުލުހުންގެ އިދާރާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު، ހައްޔަރު ކޮށްފައިވަނީ, ރ.މަޑުއްވަރި، މީޒާން, އިސްމާޢީލް ސިރްޙާން, 30, އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހުން:

  • ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
  • ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
  • ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
  • ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
  • މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
އަދި، އިތުރު ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެ އެވެ.

މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓްކޭހުގައި 130،000 ޑޮލަރު ހުއްޓެވެ. އަދި ވެސް ޑޮލަރުތައް ފެނިފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު