ޚަބަރު
ބަންޑުން ޖަހާލި ދޯނިން ގެއްލުނީ ދިވެއްސަކާއި ބިދޭސީއެއް
ހަތަރު މީހުންނާއެކު ދަތުރު ކުރަނިކޮށް މިއަދު ބަންށުން ޖަހައިލި ދޯނިން ގެއްލުނު މީހުންނަކީ ދިވެއްސަކާއި ބިދޭސީއެެއް ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެބޯޓް ބަންޑުން ޖަހާލި އިރު އޭގައި ތިބީ ހަތަރު މީހުން ކަމަށާއި އޭގެ ތެެރެއިން ދެ މީހަކު ގެއްލިފައި ވާތީ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ. 

ގެއްލިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަނެއް ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހާދިސާއާ ގުޅޭ އެހާ ގިނަ ތަފުސީލުތަކެއް ފުލުހުންނާއި ސިފައިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން، ވެސް ކޮޅުވެއްޓި ބަންޑުން ޖަހާލައި، މީހުން ގެއްލިފައި އެބަހުއްޓެވެ. އަދި، މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު