ޚަބަރު
އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެދުކެނޑިފައެއް ނުވޭ: އަލީ އާރިފް
ހޯރަފުށީ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާރިފް
ހޯރަފުށީ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ވެއްޖެ ކަމަށް ބުނެ ޕީއެންސީގެ ސަޕޯޓަރަކު "ފެތުރި" ވާހަކަ ހޯރަފުށީ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާރިފް ދޮގުކޮށްފި އެވެ.

ޕީއެންސީގެ ސަޕޯޓަރަކު ބުނީ ހޯރަފުށީ ހެލްތް ސެންޓަރުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ވެފައިވާ ކަމަށެވެ. 

ނަަމަވެސް ހޯރަފުށީ ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 7 އަހަރު ވެއްޖެ ކަމަށް ބުނެ ފަތުރާ ހަބަރާ ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާރިފްއާއި "ހޯރަ އޮންލައިން" އިން ސުވާލު ކުރުމުން ބުނީ އެމްބިއުލާންސްގެ ހިދުމަތް އެ ބުނާ މުއްދަތުގައި މެދުކެނޑިފަނުވާ ކަމަށެވެ. 

"އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައެއްނުވެ އެ ބުނާ މުއްދަތުގައި. އަދި މިއަދުވެސް ހިދުމަތް ލިބޭނެ." އަލީ އާރިފް ވިދާޅުވި އެވެ.

އެމްބިއުލަންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން 56 ރަށަކަށް އެމްބިއުލަންސް ހަވާލުކުރަން ސަރުކާރުން މިފަހުން ވަނީ ނިންމާފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ސިއްހީ ނިޒާމް މިހާރު ވެސް "ވަރަށް ދަށް" ހޯރަފުށީ ސިއްހީ މަރުކަޒު ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު