
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ސަރުކާރުގެ އަތުގައި ހުރި ޑޮލަރުގެ ތަފުސީލުތައް ދެއްވަމުން މުއިއްޒު ވިދާޅުވީ 650 މިލިއަން ޑޮލަރުގެ ތެރެއިން 320 މިލިއަން ޑޮލަރު ހުރީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގަ އެވެ. ބާކީ ފައިސާއަކީ ޔޫސަބަލް ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ އެވެ."މިއަދު ސުކޫކު ދައްކަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި. މިއަދު، މިހާރު ޕޭކުރަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސް ވަނީ ސްކޫކް ދައްކަން އެއްކޮށްފައިވާ ކަމަށް ވިދާޅުވި 650 މިލިއަން ޑޮލަރުގެ ތަފްސީލް ވެސް ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވީ: