
އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ދިން ހަމަލާއާ އެކު މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވެ އެންމެ ފަހުން ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އިރާނުން ހަމަލާދޭން ފަށާފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް މަތިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިން އިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 73 އެމެރިކާ ޑޮލަރުގައެވެ.ބާޒާރުގެ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާ އާއި ރަޝިއާ ހިމެނޭހެން އަށް ގައުމަކުން ވަނީ އޭޕްރީލް މަހުން ފެށިގެން ދުވާލަކު 206,000 ފީފާ އިތުރަށް އުފެއްދުމަށް ނިންމާފަ އެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި ތެޔޮ އުފުލާ މަގުތައް ބަންދުވެއްޖެނަމަ، އުފައްދާ މިންވަރު އިތުރުކުރުމަކުން ބާޒާރަށް މާބޮޑު ލުޔެއް ނުލިބޭނެ އެވެ.