ތިލަމާލެ ބުރިޖްގެ 70 ޕަސެންޓް ނިމިއްޖެ
ހުނައިދާ ޔާސިރު
03 މާޗް 2026 - 14:00
0 comments
ތިލަމާލެ ބްރިޖުގެ ތަބުތަކުގެ ބައެއް ކަނޑައަށް ފައްތާލަނީ - ފޮޓޯ/ އިންޑިއާ ހައިކޮމިޝަން
މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ %70 މަސައްކަތް ނިމިއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ތަނބުތައް ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ 1،222 ސެގްމަންޓްގެ ތެރެއިން މިހާތަނަށް 80 ޕަސެންޓް ސެގްމަންޓް ކާސްޓްކޮށް ނިންމާފައިވާ އިރު، ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ 46 ޕަސެންޓް ސެގްމަންޓް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ.ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މި ކަނެކްޓިވިޓީއަކީ 6.7 ކިލޯމީޓަރުގެ ދިގު މަގެކެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅިގެން ދާނެ އެވެ.ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:
- އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)
- 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ
- ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ
- މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
ބްރިޖުގެ މަސައްކަތް އަންނަ އަހަހަރު ފަހުކޮޅު ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ އަހަރު މެދު ތެރޭގައި ވަނީ ބުނެފައި އެވެ.
ކިޔުންތެރިންގެ ޝުއޫރު