ޚަބަރު
ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމޭނީ 2027 ވަނަ އަހަރު: މުއްތޮލިބު
ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދަނީ - ފޮޓޯ: އަވަސް
އިންޑިއާގެ އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖް މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މި ބްރިޖަކީ މާލެ ސަރަޙައްދުގެ ރަށްތައް ގުޅުވައިލައި، ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ މަޝްރޫޢެކެވެ. މަސައްކަތް އަވަސްކުރުމަށް އިންޑިއާއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ވުޒާރާއިން ހާމަކުރައްވާފައިވާއިރު، މި މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވެއެވެ. މި ބްރިޖު ވެގެންދާނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބިންގަލަކަށެވެ. 

މި ސަރުކާރުގެ ކުރީކޮޅު މުއްތޮލިބު ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. 

ނަމަވެސް، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައު މިނިސްޓަރު ރޭ ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށާއި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮންޓްރެކްޓަރަށް ވެސް ދަތިތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މައި ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އެވެ.

މުއްތޮލިބު ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

  • އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލާނެ

  • މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން

ތިލަމާލެ ބްރިޖް މަޝްރޫއަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ މަޝްރޫއެވެ. މި މަޝްރޫއަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު