ޚަބަރު
ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ ފުރިހަމަ މިސާލެއް: ރައީސް
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާ ނިންމެވި ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ފުރިހަމަ މިސާލެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި މި ބްރިޖަކީ މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ދިރިއުޅުން ބަދަލުކޮށްލައި، ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.

ބްރިޖަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބްރިޖާ އެކު ގައުމަށް އާ މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ. އެއީ ޕާޓްނާޝިޕަކުން ހާސިލުކުރެވޭނެ ކަންކަމާއި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމާއި އިތުބާރާއި ފަހި ފުރުސަތުތައް ދެމިގެންދާ ގުޅުންތަކުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބްރިޖްގެ ވަނަވަރު

  • ބްރިޖްގެ ވައްތަރު: ބޯޗް އާޗް
  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
  • ފުޅާމިނުގައި 20.3 މީޓަރު
ސިނަމާލެ ބްރިޖު ބޭނުންކުރާތާ ހަތް އަހަރުވީއިރުވެސް ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް ޗައިނާއިިން ރާއްޖެއަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހު މި އަހަރުގެ މޭ މަހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު