ވިޔަފާރި
ބޮޑުކަންނެލި ދޯނިތަކަށް ތެލުގެ ސަބްސިޑީ ދޭން ނިންމައިފި
ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް ހެޔޮ އަގުގައި ދިވެހިންނަށް ތެޔޮ ވިއްކުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަގުބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފަ އެވެ.

އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ. 

ތެލަަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން މިހާތަނަށް ބޮޑުކަންނެލީގެ މަސްވެރިންނަށް އެންސިސް ފިޝަރީޒް އިން ހިލޭ ދޫކުރަމުން އައި އައިސް މިދިޔަ ހަފުތާގައި ވަނީ ދޫކުރުން ހުއްޓާލައިފަ އެވެ. މިކަމުގެ ސަބަބުން ވެސް ބޮޑުކަންނެލީގެ މަސްވެރިންނަށް ދަތިތައް ދިމާވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު