ޚަބަރު
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ހޯދަނީ
ވިލިމާލެ ޕާކޭގެ ތެރޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލައިފި ބަޔަކު ހޯދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. 

ކައުންސިލުން އެހެން ބުނީ ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު މީހަކު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި މާލޭ ސިޓީ ކައުންސިލުން ބުނީ އެ ގަސް ކެނޑީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށެވެ. އަދި ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.


މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެ ގަސް ކެނޑި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން 24 ގަޑިއިރު މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ އަދި ފުލުހުން ފޯރިމަގާ ވިލިމާލެއިން އެވަރުގެ ބޮޑު ގަހެއް ކަނޑާލިއިރު އެކަން ކައުންސިލާއި ތިމާވެށީގެ މިނިސްޓްރީއަށް ނޭނގި އޮތުމުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވިލިމާލޭގައި ހުރި ބޮޑެތި ނިކަގަސްތަކުގެ މައްސަލަ ވަނީ ރައީސް ޑރ. މުއިއްޒުއާ ވިލިމާލެ ރައްޔިތުން ބައްދަލުކުރި ބައްދަލުވުންތަކުގައި ހުށަހަޅާފަ އެވެ. އަދި އެ ގަސްތަކުގެ ސަބަބުން ބައެއް ގޭގެއަށް ގެއްލުން ލިބޭ ޝަކުވާވެސް ހުށަހަޅާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު