
ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަައި، ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެއް 30 މޭއި 2021 ގައި ކުރި އެވެ.ޕްރޮސެކިއުޓީ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު ދައުވާތައް ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.މި މައްސަލާގައި އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ގާނޫނުލްޢުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.