ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައެޅުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު، ހާއްސަ އޮފީހެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސިޓިޒަންސް ކޮމްޕްލައިންޓްސް ބިޔުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކުރި އޮފީހެއް ކަމަށެވެ.ތަފްސީލް - މިއަދު އުފެއްދި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފަށާނީ މި އަހަރުގެ މެދުތެރޭގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ރައީސް އޮފީހުން ބުނީ ބިއުރޯގެ މަސައްކަތްތައް ފެށުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ:- ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިން އަދި ފޯނާއި ސޯޝަލް މީޑިއާ ފަދަ ޕްލެޓުފޯމުތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުން
- އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، އެ ޝަކުވާތަކަށް ޖަވާބު ދިނުން
ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމްކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.