ކުޅިވަރު
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16އަށް
ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

މިއީ ކެނެޑާ އާއި ދެކުނު އެފްރިކާ ވެސް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ 2ވަނަ މިނެޓުގައި ކެނެޑާއަށް ކާމިޔާބުކޮށްދިނީ ސްޓީފަން އެސްޓާކިއޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފަށް ތައްޔާރުވެފައި ވަނިކޮށް، އެސްޓާކިއޯ ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވަށްދާ ކެނެޑާއަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.

އެމެރިކާގެ ހިއުސްޓެންގައި ކެނެޑާ ކުޅޭ ގަދަ 16 ގެ މެޗުގައި ބައްދަލު ކުރާނީ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު