ވިޔަފާރި
މުދަލުގެ އަގުތައް ޖޫން މަހު އުފުލިއްޖެ، އަހަރުގެ ބާކީ ބައިގައި އިތުރަށް އުފުލޭނެ!
އަސާސީ މުދަލުގެ އަގުތައް ނިމުނު ޖޫން މަހު އުފުލިއްޖެ އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި އެސެންޝިއަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މެއި މަހާއި އަޅާބަލާއިރު ޖޫން މަހު އަގުތައް 2.17 ޕަސެންޓް އުފުލިފައިވެ އެވެ.

އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު 8.04 ޕަސެންޓް ބޮޑުވި އެވެ. 

  • އަހަރުގެ ބާކީ ބައިގައި ރާއްޖޭގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ: އޭޑީބީ

އޭޑީބީން އިއްޔެ ވަނީ، އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ނެރެފަ އެވެ. އޭޑީބީން ވަނީ މި ރިޕޯޓަކީ އޭޕްރިލް މަހު ނެރުނު ރިޕޯޓާ އަޅައިކިޔައި، ހަނގުރާމަ ކުރިން ލަފާކުރި ވަރަށްވުރެ ދިގުދެމިގެންދާތީ އިގުތިސާދީ އަންދާޒާތަކަށް ބަދަލު ގެނެސްފައިވާ ރިޕޯޓެއްކަން ފާހަގަކޮށްފަ އެވެ. 

އޭޑީބީން ވަނީ މި ސަަރަހައްދުގައި ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީކަން ފާހަގަކޮށްފަ އެވެ. އަދި ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފަ އެވެ. 

އަދި ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވެސް (އޭޑީބީ)ން ވަނީ ލަފާކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު