ޚަބަރު
ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު: ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ފިނޭންސް މިނސްޓަރު އަމީރު ވަނީ މި ސަރުކާރުގެ އިގްތިސޯދީ ސިޔާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މި ވާހަކައަށް ރައްދު ދެއްވައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށާ، ނަމަވެސް އަމީރު މިހާރު އެ ހުންނެވީ ލައިގެންހުރި ގަމީސްކޮޅު އަނެއް ފުށަށް ބަދަލު ކުރައްވައިގެންނެވެ.


މިނިސްޓަރު ސައީދު ވިދާޅުވީ އެ ޕެނަލްގައި ތިއްބެވި ބައެއް ބޭފުޅުންވެސް ފައިސާ ޗާޕު ނުކުތަން ތަކުރާރުކޮށް އެދެމުން ދިޔަ އެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ އެ ކަންކަމުގެ ހައްލު ކަމަށާއި، ނަމަވެސް ސަރުކާރަށް ފާޑުވިދާޅުވާ ސިޔާސީ ވާދަވެރީންނަށް، އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަމެއް ވިދާޅުނުވެވޭ ކަމަށެވެ. އަދި އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި އެ މަސައްކަތް ކުރެވިފައިވޭތޯ ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެކަންކަން އެގޮތަށް ހުރުމުން، އެ ބޭފުޅުން ޑޮލަރުގެ ތާށިކަމުގެ ވާހަކަ މިހާރު ދެއްކެވަމަކީ އައިބުކަމެއްގެ ގޮތުގައި މިނިސްޓަރު ސައީދު ވަނީ ސިފަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު