ޚަބަރު
އޮގަސްޓް 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަނީ!
އިދިކޮޅު އެމްޑީޕީން މިމަހުގެ 12 ވަނަ ދުވަހު މާލޭގައި މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާތީ އެކަމާ އަޑު އުފުލުމުގެ ގޮތުން މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ. 

ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އެތައް ދަތިތަކާ ގުޅޭ ގޮތުން އެމްޑީޕީން އަޑު އުފުލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން މި ފަހުން ވަނީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ވެސް މުޒާހަރާ ކޮށްފަ އެވެ. 

ތަކެތީގެ އަގު އުފުލުމުގެ މައްސަލައިގައި އޮގަސްޓް 12 ގައި މުޒާހަރާ ކުރަން އެމްޑީޕީން ނިންމިއިރު "ކަޅު ހުކުރު" ގެ ގޮތުގައި މަޝްހޫރުވެފައިވަނީ އޮގަސްތް 12، 2004 ވީ ބުރާސްފަތި ދުވަހުގެ ރެ އާއި ޖެހިގެން އައި އޮގަސްޓް 13، 2004 ވީ ހުކުރު ދުވަހު މާލޭގެ ޖުމްހޫރީ މައިދާނަށް ރައްޔިތުން އެއްވެ ހިންގި ސިޔާސީ ބޮޑު އިހުތިޖާޖެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު