
ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ވެރިކަން ހިންގުމުގެ އެންމެ އިސް ބާރު އޮންނަންވާނީ އެކެއްގެ އަތްމަތީގައި ކަމަށެވެ. ބޮޑުވަޒީރަކާއި ރައީސަކު ތިބެގެން ބާރުތައް ބަހާލައިގެން ވެރިކަން ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެއީ ހަރުދަނާ ނިޒާމެއް ނޫން ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ."އެއީ ވޯކުކުރާނެ ނިޒާމެއް ނޫން. ބޮޑުވަޒީރަކު ހުންނަންޏާ ރައީސްއަކު ހުންނާކަށް ނުޖެހޭ. ރައީސްއަކު ހުންނަންޏާ ބޮޑުވަޒީރަކު ހުންނާކަށް ނުޖެހޭ. އެއީ އެގްޒެކެޓިވް ބާރަކީ އެެކެއްގެ އަތުގައި އޮންނަ ބާރު. އެހެންވީމާ ދެ މީހެއްގެ އަތުގައި އޮންނާކަށް ނުޖެހޭ. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ރާއްޖެ ތައްޔާރު ކަމަކަށް ބަރުލަމާނީ ނިޒާމަކަށް،" ޔާމީން ވިދާޅުވި އެވެ.ކުރިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރެއްވި ނަމަވެސް މިހާރު ތާއީދުނުކުރައްވާ ސަބަބު ވެސް ޔާމީން ވިދާޅުވެދެއްވި އެވެ. އެގޮތުން ވިދާޅުވީ: