ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްޑީޕީގެ މުޒާހަރާ މަޖީދީމަގުގައި ބާއްވަން ހުއްދައަށް އެދިއްޖެ
ހުނައިދާ ޔާސިރު
09 އޯގަސްޓް 2026 - 15:25
0
comments
Tweet
Telegram
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދަން ފުލުހުންގެ ހުއްދައަށް އެ ޕާޓީން މިއަދު އެދިއްޖެ އެވެ.
ތަކެތީގެ އަގާއި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ބާއްވާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
މި މުޒާހަރާއާ ގުޅޭގޮތުން ފުލުހުންނާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެމްޑީޕީން ބުނީ، މުޒާހަރާ ކުރިއަށް ގެންދިއުމަށް އެ ޕާޓީން ބޭނުންވަނީ ސީދާ މަޖީދީމަގުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ވާހަކަ އަކީ އިތުރު އެހެން މަގެއް ނެތޭ، އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ އެއީ އަޅުގަނޑުމެންގެ ގާނޫނު އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައެއްގެ ދަށުން އަޅުގަނޑުމެން އެ އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ، ހަމަ ސުލްހަވެރިކަމާ އެކީގައި ޝުއޫރު ފާޅުކުރުން މީގައި އޮންނާނީ އަމީން." ވިދާޅުވި އެވެ.
މުޒާހަރާ ފަސްކުރި ސީދާ ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފަހަކަށް އައިސް މަޑުޖެހިފައި އޮތުމަށްފަހު، މި ބާއްވާ ބޮޑު މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރާނަން: ފައްޔާޒު
6 ދުވަސް ކުރިން
0
ޔާމީން ވިދާޅުވީ "ބޮޑު ބަދަލަށް" ތާއީދުނުކުރައްވާ ކަމަށް!
9 ދުވަސް ކުރިން
0
އެމްޑީޕީގެ މުޒާހަރާ އޯގަސްޓު 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި
11 ދުވަސް ކުރިން
0
އޮގަސްޓް 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަނީ!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލް އިން މިއަހަރުގެ "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
22 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރާނަން: ފައްޔާޒު
22 ގަޑިއިރު ކުރިން
0
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަނީ
22 ގަޑިއިރު ކުރިން
0
ސްޓޭޓް މިނިސްޓަރު ފައިރޫޝް އިސްތިއުފާ ދެއްވައިފި
22 ގަޑިއިރު ކުރިން
0