ޚަބަރު
އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީގެ މަންދޫބަކަށް ތޯރިގް އައްޔަންކުރަން ރުހުންދީފި
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އިރީނާގައި ރާއްޖޭގެ ފަރާތުން ހުންނަވާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖައްސަން މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީއާ މެދު ބަހުސް ކުރުމަށްފަހު މަޖިލީހުގެ މިއަދު ޖަލްސާގައި ނެގި ވޯޓުގައި ތޯރިގު އެ މަގާމަށް އައްޔަންކުރަން 57 މެންބަރުން ރުހުން ދިނެވެ. 

ތޯރިގަކީ ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމެންދެން އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން މިހާރުގެ ރައީސް މުއިއްޒުގެ ކެބިނެޓް ފުރަތަމަ އެކުލަވާލެއްވިއިރު ވެސް ތޯރިގަށް ފުރަތަމަ ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ކަމެވެ.

އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވީ އެޕްރީލް 14 ވަނަ ދުވަހު އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު