ޚަބަރު
ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ދުވުން ބާއްވައިފި
ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން، 'ބީއެމްއެލް ވީރަން - ކޯޕަރޭޓްސް' މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެކެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މީގެ އިތުރުން، މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ރިލޭގެ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސްމެއެވެ.

މި ދުވުމުގައި 18 ޓީމަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެ އެވެ.

މި ދުވުމުގެ އެއްވަނަ ޓީމަށް 20،000ރ، ދެވަނަ ޓީމަށް 15،000ރ އަދި ތިންވަނަ ޓީމަށް 10،000ރ. ދީފައިވާއިރު، ރޭސް ފުރިހަމަކުރި  ދުވުންތެރިންނަށް ވަނީ ފިނިޝާ މެޑަލް ދީފަ އެވެ.

ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކުގެ ފުލްޓައިމް މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެވުނު ދެ އަހަރު ދުވަހުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން ކުރިއަށްދިޔަ ރޭހެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު