ޚަބަރު
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ އުތީމުގައި
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހއ. އުތީމުގައި ބާއްވަން ހަމަޖައްސައިފި އެވެ. 

މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވުންވެސް އޮންނާނެ އެވެ. މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ. 

ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް ކަމަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ކަމަށާއި ހިދުމަތުގެ ގައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.  

އްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު