ޚަބަރު
މަޖިލީސް ޗުއްޓީއަށް ދިއުން އަނެއްކާވެސް ފަސްކޮށްފި
ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ދައުރު 27 އޮގަސްޓުގެ ނިޔަލަށް އިތުރުކުރުމާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލި ފުރުސަތުގައި، ދައުރު ދަންމައިލުމަށް ފެންނަކަމަށް 58 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި ދައުރު އިތުރުކުރުމާ ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވި އިރު، މި ވޯޓުގައި ޖުމުލަ 67 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީސް ޗުއްޓީއަށް ދިއުން ފަސްކުރިއިރު މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ މުހިންމު އިސްލާހަކާއި ބޭރުފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކުން ބޭރުފައިސާ މާރުކުރުމުގައި ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ގާނޫނުގައި ދީފައި އޮތް އިހުތިޔާރު އުވައިލާ ރިސޯޓުތަކަށް މާރުކުރުމުގައި އޮންނަ ހަމައެކަނި އިހުތިޔާރަކީ އާމްދަނީގެ 20 އިންސައްތަ މާރުކުރުންކަމަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރުން ހިމެނެ އެވެ.   

މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އެންމެ ފުރަތަމަ ދަންމައިލަން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އެ ދުވަހު ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުުގެ ނިޔަލަށް ދައުރު ދަންމައިލުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު