
ނޫސްވެރިންނާއެކު ގައުމީ ފެން ކުންފުނިން ބޭއްވި ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މި ޓެކްނޮލޮޖީ ރާއްޖެ އަށް ތައާރަފުކުރުމަށް ހަދަންޖެހޭ ސާވޭތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.