
އެސްޓީއޯގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ތިންވަނަ ކުއާޓަރުގެ އާމްދަނީ އަކީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު، %7 ދަށްވުމެކެވެ.އެސްޓީއޯއިން ބުނީ، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރުގައި ދަށްވުން ކަމަށެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިއްކި އަދަދު، އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 738 މިލިއަން ރުފިޔާ ލިބިފަ އެވެ.ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުއިރު، މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު %23ގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗާއި ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުން ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.ޖުމްލަ ފައިދާ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓައރާއި އަޅާ ބަލާއިރު، %5ގެ އިތުރުވުމެކެވެ.ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފަ އެވެ.