
މި ބްރޭންޑް ތައާރަފުކޮށްފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މިހާރު ކުރިއަށްދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުންނަ އެސްޓީއޯގެ ސްޓޯލްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަމުލްއަކީ ކިރުގެ އުފެއްދުންތަކަށް ހާއްސަ އިންޑިއާގެ ބޮޑު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން ލިމިޓެޓް އެވެ. އަދި ބްރޭންޑް މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވަނީ ދަ ޓޭސްޓް އޮފް އިންޑިޔާގެ ގޮތުގައެވެ. އެސްޓީއޯގެ ސްޓޯލްގައި ބޭއްވި ހަފުލާގައި އަމުލް ބްރޭންޑްގެ އުފެއްދުންތައް ތައާރަފުކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ. ކޮފީ ސްޓޭޓްގެ ހޮވާލެވޭ ބުއިންތަކާއެކު އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓާ އެންޑް ވިންގެ ނަމުގައި ހަރަކާތެއްވެސް ކުރިއަށްދާއިރު އެސްޓީއޯ އިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގައި މެދުގަ އެވެ. އަދި ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނފައިވެ އެވެ. އެސްޓީއޯ އިން ބުނީ ފޮލޯ އެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކޮށްގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝާއެއް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.އިއްޔެ ފެށި އޭޝިއާ އެގްޒިބިޝަން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ހުޅުމާލެ ސިންތަޓިކް ޓްރެކްގަ އެވެ.