ޚަބަރު
ހާބަރު ސަރަހައްދު ތަރައްގީކުރަން ފުޑްކޯޓުތައް ހުސްކުރަން އަންގައިފި
މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ޖާގަ ދިނުމުގެ ގޮތުން، އެތަނުގައި ހިންގަމުން އަންނަ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމުގެ ނޯޓިސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދީފި އެވެ.

އެނގިފައިވާ ގޮތުގައި މިތަން ހުސްކުރަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެ ބަނދަރުގެ އެކި ބޭނުންތަކަށް އެ ސަރަހައްދު ބޭނުންކުރަންޖެހޭނެތީ އެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް އަދި ތިލަމާލެ ބްރިޖް ބޭނުންކުރަން ފަށާއިރު އެ ސަރަހައްދުގައި ބައެއް ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މިކަމާ ބެހޭ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހެ އެވެ. 

32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި އެ ފުޑްކޯޓުތަކަކީ 2018 ވަނަ އަހަރުގެ މޭ މަހު ހިދުމަތް ދޭން ފަށައި، އެ އަހަރުގެ ޖުލައި 23 ގައި ރަސްމީކޮށް ހުޅުވި ތަނެކެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު