ޚަބަރު
ދަނގެތީގެ އެފްއެސްއެމް ފިއުލް ސްޓޭޝަން ހުޅުވައިފި
މަސްވެރިންނަށް ހެޔޮ އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައި، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި ފިއުލް ސްޓޭޝަނެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމަށް ފެށީ ނޮވެމްބަރު 2024 ގަ އެވެ.

މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބިިގެންދާނެ ކަމަށް ވެސް އެފްއެސްއެމުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު