ހުނައިދާ ޔާސިރު
30 އޮކްޓޫބަރ 2026 - 13:19
0 comments
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ތިނަދޫ ކައުންސިލް ރައީސް ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައި
- އެމްޑީޕީގެ ކެންޑިޑޭޓު ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ
- ޕީއެންސީގެ ކެންޑިޑޭޓު ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދު
އެ ރަށު ކައުންސިލް ރައީސްގެ ގޮނޑި ހުސްވީ ޝުޖާޢު މި ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުގެ ޝަރުތެއް ގެއްލިފައިވާ ކަމަށް ބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ ޖުލައި މަހުގެ 3 ގައި ކަނޑައެޅުންނެވެ.ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގަ އެވެ. ނަމަވެސް ސިޔާސީ ޕާޓީގައި ހަމަކުރަން ޖެހޭ 3،000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވައިލުމުން ޝުޖާއު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.އެކަމާ ގުޅިގދެން އެލްޖީއޭ އިން ނިންމީ ޝުޖާއު ޕާޓީ ބަދަލުކުރެއްވީ ކަމަށެވެ.