
އީސީން ބުނި ގޮތުގައި، އެ ޕާޓީ ޖޫރިމަނާކުރީ 2024 ވަނަ އަހަރުގެ އެ ޕާޓީގެ އޮޑިޓް ރިޕޯޓު، މިދިޔަ އޮކްޓޫބަރު ފަހެއްގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮށްފައިވާ ހުރިހާ ޚަރަދުތަކުގެ ތަފުޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެވެ.ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެ އެވެ. އެހެންނަމަވެސް، އަދާލަތުގެ އޮޑިޓް ރިޕޯޓު، އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެ ކަންކަން ކަށަވަރުނުކުރެވޭކަމަށް ފާހަގަކޮށްފައިވެ އެވެ.މިވަގުތު 6،000 އަށްވުރެ ގިނަ މެމްބަރުން ދަފުތަރުގައި ތިބި އަދާލަތު ޕާޓީން މާލީ ބަޔާން ހުށަނާޅައިގެން ވެސް މިދިޔަ ޖުލައި މަހު އެ ޕާޓީ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރި އެވެ.