ޚަބަރު
ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި
އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއާއެކު އިއްތިހާދުވާން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ. އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ. 

އަދާލަތު ޕާޓީ މިހާރު އާ ލީޑަޝިޕަކުން ހިންގަމުންދާއިރު، އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުالله ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. 

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބާކީ އޮތް މުއްދަތާއި 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު މަސައްކަތްކުރުމަށް އެ ޕާޓީން އަދާލަތު ޕާޓީއަށް ދައުވަތު އެރުވި ކަމަށެވެ.

އެ ބަޔާނުގައިވަނީ އަދާލަތު ޕާޓީ އުފެދުނު މައިގަނޑު މަގުސަދަކީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް އިސްލާމީ އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއެރުވުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު