މުނިފޫހިފިލުވުން
ދިރާގުޓީވީއަށް އައްޒަގެ އާ ޝޯވތަކެއް
ދިރާގު ޓީވީން މަޝްހޫރު ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ. މި ކޮންޓެންޓްތައް ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ. މަޝްހޫރު ފިލްމީ ބަތަލާ އަދި ޕްރެޒެންޓަރ މަރިޔަމް އައްޒަ ބުނީ ދިރާގު ކަހަލަ ބޮޑު ކުންފުންޔަކާއެކީ މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮއްލަން ލިބުމަކީ ހަގީގަތުގައިވެސް ފިލްމީކެރިއަރގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ހަމަ އެހާމެ ބޮޑު ނަސީބެއް ކަމަށާެވެ. " ދިރާގަކީ ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމި ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކައިއެކު ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް. އެހެންކަމުން މި ފުރުސަތުގައި ކުންފުނީގެ އެންމެހާ އިސްވެރިންނަށާއި މިކަމުގައި ބުރަކޮށް މަސައްކަތް ކޮށްދިން ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އައްޒަ ބުންޏެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ މިވީ ދެ އަހަރުގެ ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74 އިންސައްތައަށް ޓީވީ ޚިދުމަތް ފޯރުކޮށްދީފައިވާ އިރު، ދިރާގުޓީވީއަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސް މެއެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި، ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު