މުނިފޫހިފިލުވުން
އިއްލެގެ ދެވަނަ ފިލްމު ނީނާގެ ޝޫޓިންގ ފަށައިފި
އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފީޗަރ ފިލްމު ނީނާގެ ޝޫޓިންގ ފަށައިފިއެވެ. ދިވެހި ސިނަމާއަށް މިދިޔަ އަހަރު އައި ފިލްމުތަކުގެ ތެރެއިން ގިނަ ބައެެއްގެ މަގުބޫލުކަން ހޯދި "ބަވަތި" ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރ މިފަހަރު ހަދާ ފިލްމަކީވެސް ބަވަތިއެކޭ އެއްގޮތަށް އިއްލެގެ އަމިއްލަ ވާހަކައަކަށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ. "އައި ފިލްމްސް" ގެ ދެވަނަ ފިލްމު "ނީނާ"ގެވެސް ލީޑު ރޯލުން ފެންނަނީ ބަވަތީގެވެސް ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އަދި ނުޒޫއާއެކު ޖުމައްޔިލް ނިމާލާއި މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ވެސް މުހިންމު ރޯލެއް އަދާކުރާނެއެވެ. އަދި "ބަވަތި"ން ފެނުނު ބައެއް މޫނުތަކާއި މުޅިން އަލަށް ދެތަރިއަކުވެސް ތަޢާރަފްވާނެ ކަމަށް އިއްލެ ބުންޏެވެ. މިފަހަރުގެ ފިލްމުވެސް އާސިމް އަލީ އާއި އަހުމަދު ވަހީދު ޕްރޮޑިއުސްކުރާ އިރު، މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ނުޒޫ ވަނީ މާޝަލް އާޓްސް ދަސްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މާޝަލް އާޓްސް ދަސްކުރަނިކޮށް ނުޒޫ ނަގާފައިވާ ބައެއް ފޮޓޯތަކެއް އައި ފިލްމްސްއިން ވަނީ އާންމުވެސް ކޮށްފައެވެ. މިދިޔަ އަހަރު ސްކްރީނަށް އައި އެންމެ މޮޅު އެއް ފިލްމަށް ބަވަތި ވާއިރު، އިއްލެގެ ނީނާއާމެދު ބެލުންތެރިންކުރާ އުއްމީދުވެސް ބޮޑެވެ.
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު